ހަކަތަ އުފެއްދުން އިތުރުކުރުމަށް ބޭނުންވާ ޖާގައާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަޝްވަރާގެ ތެރެއިން

މަޝްވަރާކުރެވުނީ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ބިމާއި ޖާގައާ ގުޅޭ ކަންކަން

މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުން އިތުރުކުރުމަށް ބޭނުންވާ ޖާގައާ ގުޅޭގޮތުން މިއަދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދާއި ޓެކްނިކަލް ޓީމުގެ އިތުރުން ހައުސިންގ މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ބިމާއި ޖާގައާ ގުޅޭ ކަންކަމެވެ. މިކަމަށް ބޭނުންވާ ޖާގަ ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކޮށް، އެކަމާ ގުޅޭ ގޮތުން ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ސްޓޭޓް މިނިސްޓަރ ޑރ.މުޢާވިޔަތު މުޙައްމަދު ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެކެވެ. އަދި މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.

މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.