އިލެކްޝަންސް ކޮމިޝަންގެ ބަޔެއް މެންބަރުން
އެގޮތަށް ބަށްޓަން ކޮށްފިނަމަ 2008 ގައި ހުރި ނިސްބަތާއި ކައިރި ނިސްބަތަކަށް ގޮޑިތައް މަދުވެގެންދާނެ ކަމަށާއި ނަމަވެސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ވެސް ފުއާދު ވިދާޅުވި
ރައްޔިތުންގެ މަޖިލީހަށް އެންމެ އެކަށޭނެ އަދަދަކީ 77 ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފިޤު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެކި ގައުމުތަކަށް ބަލާއިރު ވެސް ލިމިޓެއް ނެތި މެންބަރުންގެ އަދަދު އިތުރުވަމުންދާ ގައުމެއް ނުފެންނަ ކަމަށެވެ. އަވަށްޓެރި ގައުމުތަކުން ފެށިގެން ދުރުގައިވާ ގައުމުތަކަށް ބަލާއިރު ވެސް ނެތް ކަމަށާއި، އެކި ސައިޒްތަކުގެ ގައުމުތަކަށް ބަލާއިރުގައި ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަނީ އަދަދުތަކެއް ބަލާލާއިފައި. އޭގެ ތެރެއިން އެއް އަދަދަކީ 77 އެއް. އެއީ 2008 ވަނަ އަހަރުގައި އާ ގާނޫނު އަސާސީ އެކުލެވުނުއިރު މަޖިލިސް ކަނޑަ އެޅުއްވި އަދަދު. އެ އަދަދަށް މެންބަރުންގެ މިންވަރު ދަށްކުރާނަމަ އަންނާނެ ބަދަލުތައް ވެސް ވަނީ ރިސާޗް ކޮށްފައި. މިސާލަކަށް ކެޕް އެޅުވިފައި އޮންނަ އިރުގައި އަޅުގަނޑުމެން ވިސްނާފައިވާ ގޮތަކީ ކޮންމެ އަތޮޅަކަށް އެންމެ ފުރަތަމަ ދެ ގޮނޑި ދިނުން. މިސާލަކަށް 77 ގޮޑި ކަމަށްވާނަމަ. މާލެ ދެ ގޮނޑިއާ ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނީމަ 42 ގޮޑި އެއީ. ބާކީ އިންނާނީ 35 ގޮނޑި. އެ ގޮނޑިތަކަކީ އާބާދީގެ ނިސްބަތުން އަތޮޅުތަކަށް ބަހާލެވޭ ގޮޑިތަކެއްގެ ގޮތުގައި ހަމަޖައްސާނީ." ފުއާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ މަޖިލީހުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށާއި ނަމަވެސް 77ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމަށެވެ.
އެގޮތަށް ބަށްޓަން ކޮށްފިނަމަ 2008 ގައި ހުރި ނިސްބަތާއި ކައިރި ނިސްބަތަކަށް ގޮޑިތައް މަދުވެގެންދާނެ ކަމަށާއި ނަމަވެސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ކޮމެންޓް