ވަޒީރު ޑރ އާއިޝަތު ޝިހާމް އިންޑޮނޭޝިއާގެ އިސްރަށްވެހިންގެ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

އިންޑޮނޭޝިއާގެ އިސްރަށްވެހިންގެ ސެންޓަރުގެ ޓީމާއެކު ޑރ. އައިޝަތު ޝިހާމް

ޖިރަންގް މެލިންޒީ އަކީ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ތާވަލުކުރެވިގެން ތަފާތު ހަރަކާތްތައް ހިއްގުމާއެކު އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ތިބުމަށް ބާރުއަޅައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ސެންޓަރެއް

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު އިންޑިނޭޝިއާގައި އިސްރަށްވެހިންނަށް ޚާއްސަ ކެއާ ސެންޓަރެއްކަމަށްވާ އެލްއެލްޓީ ޖިރަންގް މެލިންޒީ އަށް ޒިޔާރަތްކުރައްވާ އެތަނުގައި ހިންގާ ހަރަކާތްތައް ބައްލަވާލައްވައިފި އެވެ.

ޖިރަންގް މެލިންޒީ އަކީ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ތާވަލުކުރެވިގެން ތަފާތު ހަރަކާތްތައް ހިއްގުމާއެކު އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ތިބުމަށް ބާރުއަޅައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ އިސްރަށްވެހިންގެ ކެއާ ސެންޓަރެކެވެ.

އެތަނުން އިސްރަށްވެހިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އިސްރަށްވެހިން އުފައްދާ ތަކެތި މާކެޓު ކުރުމާއި، ވިޔަފާރިކޮށް އާމްދަނީ ހޯދުމަށް ބާރުއަޅައި އެ އެހީތެރިކަމާއި ސަޕޯޓު ދަނީ ފޯރުކޮށްދެމުންނެވެ.

ހަމައެއާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން އިސްރަށްވެހިންނަށް ލިބިދޭންޖެހޭ ހައްގުތަކާއި ލުއިފަސޭހަކަން ހޯދައިދިނުމާއި އެކަންކަމަށް މަސައްކަތްކުރުމަކީ ވެސް އެ ސެންޓަރުން ކުރަމުން ގެންދާ ކަމެކެވެ.

ވަޒީރު ޑރ އާއިޝަތު ޝިހާމް މި ސެންޓަރު ބައްލަވާލައްވައި ތަނުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމުތައް ބައްލަވާލައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އިސްރަށްވެހިންގެ ޖިސްމާނީ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ހަރަކާތްތަކެއް ހިމެނޭހެން އިސްރަށްވެހިންގެ ނާދީއެއް ވަނީ މާލޭގައި ވެސް ޤާއިމް ކުރެވިފައެވެ.

މި ނާދީއަށް ޒިޔާރަތްކޮށް، ނާދީގައި ހިންގާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މުޅި ރާއްޖޭގައި ވެސް މިފަދަ ނާދީތައް ގާއިމްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.