އެކްސްސިޑެންޓް ވި ސަރަހްދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ކައިރިން ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ޕިކަޕެއްގައި ޖެހި މިއަދު ހެނދުނު އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި މައްސަލައެއްގެ ސަބަބުން ކަމަށް އެއާޕޯޓުން ބުނެފި އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ވީއައިއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހެނދުނު 10 ޖަހާކަށް ހާއިރު އެއާޕޯޓުގައި ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރިލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށް ވީއައިއޭ އިން ބުންޏެވެ. އެ ޑްރައިވަރަށް މިހާރު ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.
އަނިޔާވި ކާރު ޑްރައިވަރ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ވަގުތު ކާރުގެ ފަހަތުގައި އިން މީހަކަށް އަނިޔާވެގެން އެއާޕޯޓް ކްލިނިކަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުމުރުން 67 އަހަރުގެ އެ ޑްރައިވަރަށް ފަރުވާދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. ހުޅުމާލެ ހޮސްޕިޓަލްއިން ވިދާޅުވި ގޮތުގައި އެކްސިޑިންޓް ވި ފަރާތުގެ ސީޓީ ބްރެއިން ސްކޭން ނޯމަލް އަދި ކަށިމަތި ފަޅައިގެންގޮސް ހުރި ކަމަށް ، މިހާރުވެސް ދަނީ އިތުރަށް ފަރުވާ ކުރަމުންނެވެ.
ކޮމެންޓް