ޖައިޝަންކަރު އަދި ޒަމީރު ގަސް އިންދަވާދެއްވަނީ
އިންދަވާދެއްވާފައިވަނީ ކާމަރަނގަ ގަހެއް
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ބައިވެރިވެވަޑައިގެން، ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވާދެއްވައިފިއެވެ.
ޖައިޝަންކަރު ތިން ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި މި ގަސް އިންދަވާދެއްވާފައިވަނީ 5 މިލިޔަން ގަސް ޕްރޮގްރާމާއި އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ، ވަން ޓްރީ ފޯރ މަދާ ޕްރޮގްރާމުގެ ދަށުންނެވެ.
މި ގަސް އިންދަވާދެްވާފައިވަނީ ޖައިޝަންކަރު އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. އެބޭފުޅުން އިންދަވާދެއްވާފައިވަނީ ކާމަރަނގަ ގަހެކެވެ.
މިރަސްމިއްޔާތުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤާއި، ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މުހާވަރުގެ އިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޚާރިޖިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް