ކެންޕެއިން ހަރަކާތަކަށް އަބްދުއްރަޙީމް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ކެންޕެއިން ހަރަކާތަށް އަބްދުއްރަޙީމް ކުޅުދުއްފުށީގައި

ކުޅުދުއްފުށީ ކައުންސިލްގެ އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް އަޙްމަދުގެ ކެންޕެއިން ހަރަކާތަކަށް އަބްދުއްރަޙީމް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

ކައުންސިލް ބައި އިލެކްޝަންގެ ކެންޕެއިންއަށް ޕީއެންސީގެ ޗެއާރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފިއެވެ. 

އަބްދުއްރަޙީމް ކުޅުދުއްފުއްޓަށް މި ވަޑައިގެންނެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލްގެ ގޮޑިއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަޙްމަދުގެ ކެމްޕެއިނަށެވެ. މި ދަތުރުގައި އަބްދުއްރަޙީމް އަރިހުގައި ޕީއެންސީގެ މަޖިލީސް މެންބަރުނާއި ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ހިމެނިވަޑައިގަންނަވައެވެ. 

އެގޮތުން އަބްދުއްރަޙީމް ވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަޙްމަދުގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ އިރުޝާދު ދެއްވާފައެވެ. އަބްދުރަޙީމް ވަނީ ކެމްޕެއިން ޓީމުތަށް ކުރާ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ. އަދި ހިއްވަރާއެކު މަސައްކަތް ކުރުމުން ކާމިޔާބީ ލިބޭނެކަމަށް އަބްދުއްރަޙީމް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. 

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލްގެ ގޮޑި ހުސްވެފައި ވަނީ އެ ދާއިރާގެ ކައުންސިލަރ މުޙައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު ކަމަށް ހޮވިވަޑައިގަތުމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.