އެޗްޑީސީ މޮނިއުމަންޓު މުބާރަތް: އެއްވަނަ ޑިޒައިނަކީ އޭއައި އުފެއްދުމެއް، މައްސަލަ ބަލަނީ!

މަގުތައް ޒީނަތްތެރި

ހުޅުމާލޭގެ ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް ހުޅުވާލައިން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވަނަ އަކީ އޭއައި ޖެނެރޭޓެޑް ކަމަށް މައްސަލައެއް ބަލަން ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ އެއްވަނައަށް ދިޔަ މޮނިއުމެންޓު ތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ ޝަކުވާ އިތުރަށް ބަލާ ވަނަ ލިބުނު ޑިޒައިންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މޮނިއުމެންޓުތައް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 7 ފަރާތަކުން ޑިޒައިން ހުށަހަޅާފައިވާކަން ފާހަގަކުރަމުން އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ހުށަހެޅުންތަކުގެ މެދުގައި ވަނަ ހޮވާފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ކަމަށެވެ. އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ކުރާ ހުރިހާ މަސައްކަތްތަކަކީވެސް ރައްޔިތުންނަށް ދެފުށް ފެންނާނެ ފަދައިން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް ހެދުމަށް އެ ކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.

އެޗްޑީސީ އިން ބުނީ މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށެވެ. އެޗްޑީސީ އިން ވަނީ އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ (100،000ރ.) ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.