އޮޕަރޭޝަންގައި ބައިވެރިވާ ފަރާތްތަށް
މާސް އިންސްޕެކްޝަން އަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންއެއް
އިމިގްރޭޝަނުން ހުޅުމާލޭގައި މާސް އިންސްޕެކްޝަންއެއް ފަށައިފިއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަން އަކީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންއެކެވެ. މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މި ހަރަކާތުގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިި ހަރަކާތުގައި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް މި އިންސްޕެކްޝަންގައި ބައިވެރިވެއެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރުކުރަމުންނެވެ. އަދި މިކަމަށް އާންމުންގެ އެހީތެރިކަން ހޯދުމަށްޓަކައި ހާއްސަ ޕޯޓަލްއެއްވެސް ވަނީ ތައާރަފްކޮށްފައެވެ.
ކޮމެންޓް