ގުރައިދޫ ފުލުހުންގެ އިސްނެގުމުގައި ފަސްޓްއެއިޑް ޕްރޮގްރާމެއް ފަށައިފި

ސިފައިން ކިޔާދެނީ

ކ. ގުރައިދޫ ޕޮލިހުން އިސްނަގައިގެން ހިންގާ ހަރަކާތެއްގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ގުޅިގެން ކ.ގުރައިދޫގައި ފަސްޓްއެއިޑް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި މަހުގެ 20 އިން 26 އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިންނަށް ސްޓޭންޑެޓް ފަސްޓްއެއިޑް ކޯހުގެ އިތުރުން ސީޕީއާރު އޭއީޑީ ކޯސް ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ގުރައިދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

IMG_3899.jpeg

މި ޕްރޮގްރާމުގައި ކ. އަތޮޅުގެ އެހެން ރަށްރަށުން ވެސް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ކ.ކާށިދޫ، ކ.ތުލުސްދޫ، ކ.ހިންމަފުށި އަދި ކ.މާފުށީ ޕޮލިހުންނާއި، ކ. ކާށިދޫ ކައުންސިލް ހިމެނެއެވެ. އަދި ގުރައިދޫން މި ޕްރޮގްރާމުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި، ހޯމް ފޮރ ޕީޕަލްސް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)، ގުރައިދޫ ޕޮލިސް، ގުރައިދޫ ހެލްތު ސެންޓަރ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓު އަދި ގުރައިދޫ ސްކޫލު ސްކައުޓުން ހިމެނެއެވެ.

ޖުމުލަ 34 ބައިވެރިން ބައިވެރިވާ މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. މި ޕްރޮގްރާމަކީ އެކިއެކި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.