އެލްޖީއޭގެ ސީއީއޯއަށް ޒުލްފާ އައްޔަނުކުރުމުގެ ލިޔުން ދެއްވަނީ
މަގާމު ބަދަލުކުރި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވޭ
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
ޑރ. ޒުލްފާގެ މަގާމު ބަދަލުކުރި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެލްޖީއޭގެ އިސްވެރިއަކަށް ޑރ. ޒުލްފާ ހަމަޖައްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމަަށް އައްޔަންކުރެއްވުމާ ހަމައަށް ޑރ. ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރްމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ. އޭގެކުރިން ޑރ. ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.
ކޮމެންޓް