ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި

ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފައެވެ.

ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން ވަނީ ޖުމްލަ 14 ސްކޮލަރޝިޕްގެ ފުރުޞަތެއް ހުޅުވާލައިފައެވެ. މި ސްކޮލަޝިޕްތަކުގެ ތެރޭގައި، 7 ބެޗްލަރސް ޑިގްރީ، 6 އެމްބީބީއެސް އަދި 1 ބީޑީއެސްގެ ފުރުޞަތު ހިމެނެއެވެ.

ދިވެހ ދަރިވަރުންނަށް ބަންގަލަދޭޝް އަދި ޖަޕާނުގައި މަތީ ތަޢުލީމު ހާޞިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފައެވެ.

ޖަޕާންގެ "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025" ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުން، އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގެ 3 އަހަރު ކުރިން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުން، ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.