ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތަކެއް ހުއްޓުވައިފި

ހިފެހެއްޓުނު 3 މީހުން

ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެއް

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވާފައިވާ ކަމަށެވެ.

އެ ތިން ބިދޭސީންނަކީ ވެސް ފިރިހެނުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެކެވެ. އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައި ވަނީ ވަކިވަކިންނެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 25 އަހަރުގެ މީހާ މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު، 23 އަހަރުގެ މީހާ އޮގަސްޓު 16 ވަނަ ދުވަހު އަދި 21 އަހަރުގެ މީހާ އޮގަސްޓު 18ގައި ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންނާބެހޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކުރައްވާފައެއްނުވެއެވެ.

ތިން ބިދޭސީން ޤަވައިދާ ޚިލާފަށް އެތެރެވާން މަސައްކަތްކޮށްފައިވާއިރު މިފަދައިން ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމްވެސް ވަނީ މީގެކުރިން ވަރުގަދަކޮށްފައެވެ.

އިމިގްރޭޝަނުން ދަނީ ޝަހުސު އޮޅުވާލައިގެންނާއި ޤަވާއިދާ ޚިލާފު އެކި ކަންތައްތައް ކުރުމަށް ރާއްޖެ އެތެރެވާ ބިދޭސީންތައް އަތުލައިގަނެ، އެ މީހުން ޑީޕޯޓްކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.