އުމުރުން ދުވަސްވުމަކީ އެކަނިވެރި ޚިޔާލުތަކާއި ފިކުރުން މީހާ ވަށާލަން ޖެހޭ ކަމެއް ނޫން: ވަޒީރު ޑރ. އައިޝަތު ޝިހާމް

ވަޒީރު ޑރ. އައިޝަތު ޝިހާމް

ދުޅަހެޔޮކަންމަތީގައި ދެމި ތިބުމަށް ކެއިން ބުއިމާއި، ކަސްރަތުކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދީގެން ކުރެވޭނެ އެކި ކަންކަން ގަވައިދުން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވި

އުމުރުން ދުވަސްވުމަކީ ފަހަރެއްގައި ވެސް ހަރަކާތްތެރިވުން މަޑުޖައްސާލާ، ޝާމިލުވެ އުޅުމުން އެކަހެރިވެ، އެކަނިވެރި ޚިޔާލުތަކާއި ފިކުރުން މީހާ ވަށާލަން ޖެހޭ ކަމެއް ނޫންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިތާބުގައެވެ.

"ދޮށީއުމުރަކީ ކޮންމެ މީހަކާއި ވެސް ބައްދަލުކުރާނެ ހަޔާތުގެ ފޯވައްސެއް. އެކަމަށް ތައްޔާރުވެ އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު އުޅޭ ބަޔަކަށް ނުވަތަ އެފަދަ މުޖުތަމައަކަށް މި މުޖުތަމައު ބައްޓަންކުރުމަށް ކުރަން ހުރި ކަންކަމުގެ ވާހަކަ ބައިނަލްއަޤްވާނީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރާއިރު ހަނދާނަށް ކޮންމެހެން ގެނައުން މުހިންމު ކަމުގައި ދެކެން" ވަޒީރު ވިދާޅުވިއެވެ.

އުމުރުން ދުވަސްވަމުންދާއިރު، ދުޅަހެޔޮކަންމަތީގައި ދެމި ތިބުމަށް ކެއިން ބުއިމާއި، ކަސްރަތުކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދީގެން ކުރެވޭނެ އެކި ކަންކަން ގަވައިދުން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އާއިލާތަކުގެ ތެރޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދީ، އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އާއިލާތަކުގެ ތެރެއިން އެ ފަރާތްތަކަށް ލޯތްބާ އަޅާލުމާ އޯގާތެރިކަން އަބަދުމެ ދޭން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮ އުފާވެރި، ކަށަވަރުކުރުމުގެ ވިސްނުންފުޅުގައި، އަދި ދޮށީ އުމުރުގެ މީހުންގެ އަގު ވަޒަންކުރުމާއި، އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދިނުމާއެކު، އުފާވެރި މާހައުލެއްގައި އެމީހުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް އިސްރަށްވެހިންގެ ނާދީތަށް ޤާއިމްކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޢިއްޒުއަށް ވަޒީރު ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.