ފަހު ވަގުތު އަލް ޙިލާލުން، އަލް ނަޞްރާ އެއްވަރުކޮށްފި

ފަހު ވަގުތު އަލް ޙިލާލުން، އަލް ނަޞްރާ އެއްވަރުކޮށްފި

މި ސީޒަންގެ ސައުދީ ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ އަލް ޙިލާލް

ސައުދީ ޕްރޯ ލީގުގައި އަލް ޙިލާލް އާއި އަލް ނަޞްރު ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ، ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަޞްރުންނެވެ. ނަމަވެސް އަލް ޙިލާލުން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލް ނަޞްރުން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އޮޓާވިއޯ އެވެ. އޭގެ ފަހުން އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ، އެ ޓީމަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެހެން ނަމަވެސް، ރޮނާލްޑޯ އަށް އެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. މެޗުން އަލް ނަޞްރު މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ޙިލާލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސެންޑާ މިޓްރޮވިޗް އެވެ.

އަލް ޙިލާލުން ވަނީ މި ސީޒަންގެ ސައުދީ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފަ އެވެ. މިހާތަނަށް ލީގުގައި އެ ޓީމުން 32 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ 90 ޕޮއިންޓާއެކު އެވެ. މި ސީޒަންގެ ސައުދީ ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އަލް ޙިލާލް އެވެ. ދެ ވަނައިގައި އަލް ނަޞްރު އޮތީ 78 ޕޮއިންޓާއެކު އެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ އޮތީ ދެ މެޗެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.