ރަސްގަތީމު ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
ރަސްގަތީމު ކައުންސިލްގެ އަލަށް އިމާރާތްކުރި ސެކްރެޓޭރިއަޓް އިމާރާތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.
މި އިމާރާތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުރިއަށްގެންދެވުނު މަޝްރޫއެއްގެ ގޮތުގައި އިމާރާތްކުރެވުނު އޮފީސް އިމާރާތެކެވެ. މި އިމާރާތް އެޅުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ފިޒިކަލް އިންފްރާސްޓްރަކްޗަރ އިތުރުކުރުމާއެކު، ލޯކަލް ގަވަރނަންސް ހަރުދަނާކުރުމެވެ.
އައު އިމާރާތުގެ ސަބަބުން ކައުންސިލްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރެވޭނެކަމަށް އުންމީދުކުރެވެއެވެ. އަދި މި އިމާރާތަކީ ރަށުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކައުންސިލްތަކުގެ އިދާރީ ވަސީލަތްތައް އިތުރުކޮށް، ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިގޮތުން ރަސްގަތީމު ކައުންސިލްގެ އައު އިމާރާތަކީ މި މަސައްކަތުގެ ތެރެއިން ހިންގުނު އެއް މަޝްރޫއުއެވެ.
ކޮމެންޓް