އަބްދުالله ޝާހިދު އެމްޑީޕީގެ ހިނގާލުމުގެ ތައްޔާރީތައް ވަމުންދަނީ
މަރުކޭޓު ސަރަހައްދާއި ބަނދަރުގައި އަޅާފައި ތިބި އޮޑިދޯނިފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމްޑީޕީން ކުރިއަށް ގެންދާ "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވައިފިއެވެ.
މި ހިނގާލުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މި ހިނގާލުމަށް ދަޢުވަތު އެރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްޑީޕީގެ އިސް ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި އަދި އާންމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިނގާލުމަކީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ އިހުތިޖާޖީ ހަރަކާތެކެވެ. ޚާއްޞަކޮށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އަޑުއުފުލުމަށް މި ހިނގާލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން މި ހިނގާލުން ރާވާފައިވަނީ ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދައި، ސަރުކާރަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމްޑީޕީގެ އޮފީހުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް