ވަޒީރު ޚަލީލް
މި ސަރުކާރުގެ ތާއީދެއް އެފަދަ ހަރަކާތްތަކަށް ނެތް ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ޔޫއޭއީ އަށް ވަޑައިގަތުމުގެ ކުރިން އިންޑިއާގެ 'ވިއޯން' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ވަރުގަދަކުރަން ކަމަށެވެ.
ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް އިސްކޮށް ހިންގެވީ ޔާމީން ކަމަށާއި، އެމަނިކުފާނާއި މި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޔާމީން އަމިއްލަ ޕާޓީ ޕީއެންއެފް ހިންގަވަމުންދާ ކަން ފާހަގަކުރައްވައި، އެމަނިކުފާނު ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަމުން ދާ ކަން ޚަލީލް ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ އިންޑިއާ އާ ދެކޮޅު ބަޔަކު ސަރުކާރާއި އިދިކޮޅުގައި އެބަތިބި ކަމަށާއި އެކަމަކު އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިހްތިރާމްކުރާ ކަމަށާއި، އިންޑިއާގެ ސަރުކާރުގެ ފަރާތުން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.
ކޮމެންޓް