ނޫރައިންގެ އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފު އޮހެނީ!

ނޫރައިންގެ އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފު އޮހެނީ!

އެމްއެމްޕިއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި މީޑިއާ އަށް ދެއްވި އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އެބަދެއެވެ.

ހަތަރު ކެޓަގަރީ އަކުން ރާއްޖެއަށް އެވޯޑު ލިބުނު މި ހަފްލާގައި މީޑިއާ އާއި ވާހަކަ ދައްކަމުން ނޫރައިން ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑު ލިބުމުން އުފާ ކުރާ ކަމަށާއި އެކަމާއިމެދު ފަހުރުވެރިވާ ކަމަށެވެ. އަދި،އެމްއެމްޕީއާރުސީން މިހާރު އެންމެ ބޮޑަށް އުއްމީދުކުރަމުންދަނީ މިއަހަރު ފަހުކޮޅު އިއުލާންކުރާ ވޯލްޑް ޓްރެވެލް އެވޯޑްސްގެ މުޅި ދުނިޔޭގެ ކެޓަގަރީތަކުން ޝަރަފުވެރި އެވޯޑްތަކެއް ހާސިލް ކުރުމަށްކަމަށް ނޫރައިން ވިދާޅުވި އެވެ.

މީސްމީޑިއާގައި “އެމްވީކްރައިސިސް” އިން މި ވީޑިއޯ އާއިއެކު ކުރި ޕޯސްޓެއްގައި ގިނަ ބަޔަކު ދަނީ ނޫރައިންއަށް ތައުރީފު ކުރަމުންނެވެ. ނޫރައިން ގެ ބަސްމޮށުންތެރިކަމާއި ވާހަކަ ދެއްކުމަށް ފަރިތަކަން ފާހަގަ ކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ އޭނާ ދުނިޔޭގައި ރާއްޖެ ތަމްސީލު ކުރާތީ ފަޚުރުވެރިވާ ކަމަށެވެ.

އިނގިރޭސި ބަހުން ނޫރައިން ދެއްވި އިންޓަވިއުގައި ނޫސްވެރިޔާ ކުރި ސުވާލުތަކަށް އޭނާ ދެއްވި އަވަސް އަދި ހުޝިޔާރު ޖަވާބުތަކަށްވެސް ތައުރީފު ކުރަމުން ބައެއް ފަރާތްތަކުން ބުނީ ނޫރައިން ފަދަ ކަނބަލުން ރާއްޖޭގެ ޓޫރިޒަމްގެ ހުންގާނުގައި ތިބިއްޔާ އެ އިންޑަސްޓްރީ ބޮޑު ތަނުން ކުރި އަރާނެ ކަމަށެވެ.

“މިފެންވަރަށް އިންޓަވިއު ނުދެވެންޔާ ރައްޔިތުން ފާޑުކިޔާނެ” – މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

އަދި ބައެއް ފަރާތްތަކުން ބުނަމުންދަނީ ޓުއަރިޒަމް މިނިސްޓަރު ކަމަށްވެސް ނޫރައިން “ވޮންޑަފުލް” ވާނެ ކަމަށެވެ.

https://www.youtube.com/watch?v=_eiP9wk3lRw&ab_channel=WorldTravelAwards

ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ނޫރައިން އަކީ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕުގެ (ހަރިމް) ގެ ވައިސް ޗެއާޕާސަންއެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.