ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފި

ދ. ކުޑަހުވަދޫގައި ގާއިމުކުރާ އާ ބްރާންޗުގެ ބިންގާ އެޅުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދ. ކުޑަހުވަދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި އާ ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އާ ބްރާންޗުގެ ބިންގާ މިއަދު އަޅުއްވައިދެއްވާފައި ވަނީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އަދި ސީއީއޯ މުހައްމަދު ޝަރީފްއެވެ. މި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިނިސްޓަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފް ސާވިސް ބޭންކިން ސެންޓާ، 153 އޭޓީއެމް މިހާރު ގާއިމްކޮށް އަންނަނީ ހިދުމަތް ފޯރުކޮށް ދެމުންނެވެ.

ހަމައެއާއެކު ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.