އޭ.ސީ.ސީގެ މެންބަރުކަމަށް ހުށަހެޅިފައިވާ ނަންތަކާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލީސް

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ދެ ނަންފުޅާ ގުޅޭގޮތުން އާންމުންގެ ޝަކުވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މިގޮތުން ކޮމިޝަނުގެ މެންބަރުކަމަށް ހުށަހަޅުއްވާފައިވަނީ މއ. ގޯލްޑަންމޫން، އަލްފާޟިލް އަޙްމަދު ނަޝީދު އަދި ރ. އަލިފުށީ، އަލްފާޟިލް ޢަބްދުﷲ ނަޝީދުގެ ނަންފުޅެވެ. މި ދެ ނަންފުޅު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

IMG_3821.jpeg

މި މައްސަލަ ދިރާސާކުރުމަށް ވަނީ 2025 ވަނަ އަހަރުގެ ދައުރުން ބޭރުގެ ދެވަނަ ޚާއްޞަ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން، މި ދެ ފަރާތާ ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާ ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 20 ޖަނަވަރީ 2025 ވަނަ ދުވަހުގެ ނިޔަލަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށާއި ކޮރަޕްޝަނުގެ ޢަމަލުތައް ތަޙުޤީޤުކޮށް ހުއްޓުވުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާއެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.