އެމްޑީޕީގެ ރައީސް ޝާހިދު އާއި ޓީމުން ފުވައްމުލަކު މެދު ދާއިރާގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައިފި

(އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އެމްޑީޕީ

އެމްޑީޕީގެ ރައީސް ޝާހިދު އާއި ޓީމުން ފުވައްމުލަކު މެދު ދާއިރާގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ އިސް ބޭފުޅުންގެ ޓީމަކުން އިއްޔެ ފުވައްމުލަކު މެދު ދާއިރާގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ދަތުރަކީ އެމްޑީޕީގެ ރައީސް ޝާހިދު އާއި އެ ޕާޓީގެ އިސް ބޭފުޅުން ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމާއެކު، އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުންތައް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

ދޮރުން ދޮރަށް ކުރެވުނު މި ޒިޔާރަތުގައި ގިނަ ރައްޔިތުންނާ ބައްދަލުކުރެވި، އެ ސަރަހައްދުގެ ތަރައްޤީއާ ގުޅޭ ގޮތުންނާއި، ރައްޔިތުންގެ އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

އެމްޑީޕީގެ ރައީސް ޝާހިދުގެ މި ދަތުރުގައި އެ ޕާޓީގެ އެހެނިހެން އިސް މެންބަރުންނާއި، ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ ހަރަކާތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރަކީ ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް، ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.