ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސް ބައްލަވައިލައްވައިފި

ރައީސްގެ ދެކަނބަލުން ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.

އިއްޔަ ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަހައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތަކުގެ އިސްވެރިންނެވެ. މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސް އަށް ވަނީ ހާއްސަ ހަދިޔާއެއްވެސް އަރުވައިފައެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސްގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސްގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ އާއިލާތަކާ، ބައްދަލުކުރައްވައިފައެވެ.

ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދީންނާއިއެކު އެކުދީންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.