ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި

ފެނަކައިގެ އެމްޑީ މުއާޒު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުޢާޒް އިސްތިއުފާ ދެއްވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ އިޚުލާސްތެރިކަމާއެކުގައިކަމަށެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ކުންފުނިތައް ހިންގުން ބައްޓަން ކުރަންޖެހެނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ކަމަށްވިނަމަވެސް ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަމަށެވެ. އެގޮތުން، ކުންފުންޏާ ހަވާލުވިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއެކު ކުންފުންޏަށް އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފަ ހަމަޖައްސަން ޖެހުމާއެކު ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބޭކަން މުޢާޒް ފާހަގަކުރެއްވިއެވެ. އަދި ކުންފުންޏަށް ލިބިފައިވާ އާމްދަނީއަށްވުރެ ކުރަންޖެހިފައިވާ ޚަރަދުތައް ގިނަކަންވެސް އޭނާ ވިދާޅުވިއެވެ.

މި ގޮންޖެހުންތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހު ކުންފުންނީގެ ހިންގުން ހަރުދަނާކޮށް ޚަރަދުކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މުޢާޒް ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުން ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.