މާލޭގެ ކެފޭއެއްގެ ބަދިގެއަކުން ދުން ލީކުވެ، ހަތް މީހަކު އަނބުރައި ގަނެގެން ހޮސްޕިޓަލުގައި ފަރުވާދޭނީ
މާލޭގެ ކެފޭއެއްގެ ބަދިގެއަކުން ދުން ލީކުވެ، ހަތް މީހަކު އަނބުރައި ގަނެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ރޭ ފަތިހު ހާދިސާ ހިނގީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގައިކަމަށެވެ.
އެ ކެފޭގެ ބަދިގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އެމީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައިކަމަށްް ފުލުހުން ބުނެއެވެ. އަދި މީގެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށްވެސް ފުލުހުން ބުނެއެވެ.
އޭގެތެރޭގައި ހިމެނެނީ ލަންކާގެ މީހަކާއި އިންޑިއާގެ މީހަކައި ބަންގްލަދޭޝްގެ ދެ މީހަކާއި ނޭޕާލްގެ ތިން މީހެކެވެ.
އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ކޮމެންޓް