ހައްޤުތައް ހިމާޔަތްކުރަން ހަމައެކަނި ތިބީ ޓެކްސީ ޑްރައިވަރުންނެއްނޫން : އިބްރާހިމް

ފެއިދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

ހައްޤުތައް ހިމާޔަތްކުރަން ހަމައެކަނި ތިބީ ޓެކްސީ ޑްރައިވަރުންނެއްނޫނެވެ.

ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ފެއިދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ މިއީ އެމްޑީޕީން ރޭވިގެން ކުރި ކަމެއް ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި މިއީ ލައްކައެއްހާ ރައްޔިތުން ބަންދުކުރުމަށް އެމްޑީޕީން ރޭވި ރޭވުމެކެވެ. އަދި މި ރޭވުމުގައި މެންބަރު މީކާއިލްވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު ހައިވޭގައި ދަތުރުފަތުރު ކުރާ މީހުން މަގުމަތިކޮށް، ސިއްހީ ޚިދުމަތް ހުއްޓި، ސްކޫލް ކުދިންގެ މަގު ބަންދުވެގެން ދިޔައީ،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ މުޒާހަރާ ކުރަންޖެހޭނީ އެކަމަށް ޚާއްސަކޮށްފައި ހުންނަ ތަންތަނުގައި ކަމަށާއި، ހައްގު ހިމާޔަތްކުރަން ތިބީ ހަމައެކަނި ޓެކްސީ ޑްރައިވަރުން ނޫން ކަމަށެވެ.

11 ޑިސެމްބަރު 2023 ގައި ފެށުނު ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގައި ވެހިކަލްތައް ޓޯކުރުމާއި ޑްރައިވަރުން ހައްޔަރުކުރި މައްސަލައާ ގުޅޭ ކުއްލި މައްސަލަ މީކާއިލް ހުށަހެޅުއްވީ 12 ޑިސެމްބަރުގައެވެ. މި މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދެވުނީ ހޯމަ ދުވަހުއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.