ހޯނޑެއްދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމު މިއަދު ރައީސް އިފްތިތާހުކޮށްފި

ހޯނޑެއްދޫ ފެނާއި ނަރުދަމާގެ ނިޒާމު ރައީސް އިފްތިތާހުކޮށްދެއްވަނީ

މި މަޝްރޫއު ރައީސް އިފްތިތާހްކޮށްދެއްވީއެމަނިކުފާނު ހުވަދުއަތޮޅަށް މިއަދު ފެެއްޓެވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވެ.

ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ.

ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ގުޅާފައިވެއެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް 2 ޓޭންކު ވަނީ ބަހައްޓާފައެވެ.

އެ ރަށުގެ ރައްޔިތުންނަށް ދިމާވަމުންދިޔަ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ވިއްސާރަ މޫސުމުގައި ޖަކްޝަންތަކަށް ދިމާވަމުންދިޔަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.