2 ގަޑިއިރު ތެރޭގައި ވޯޓުލީ އެންމެ 699 މީހުން

ކުރީގެ އިންތިޚާބެއްގެ ތެރެއިން

އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13112 މީހުނަށް ލިބިފައިވާ ކަމަށް

މިއަދުގެ ބައި އިލެކްޝަންގައި 2 ގަޑިއިރު ތެރޭގައި ވޯޓުލީ އެންމެ 669 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކަޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމުގެ ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވީ ނަމަވެސް ހެނދުނު 10:00 އާ ހަމައަށް ވޯޓު ލާފައިވަނީ އެންމެ 669 މީހުން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ. އެއީ 234 އަންހެނުންނާއި 435 ފިރިހެނުންނެވެ.

އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13112 މީހުނަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތަކުގައި ވޯޓުލުމަށް މާލެއާއި ރަށްރަށުގައި 25 ވޯޓު ފޮށި ބަހައްޓާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.