މިއަހަރުގެ މިހާތަނަށް ސްކޭމްގެ 156 މައްސަލަ ޕީޖީއަށް ހުށަހަޅާފައިވޭ: ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރ

މަޖިލީހުގެ ކޮމިޓީއެއްގައި އެންޓި-ސްކޭމް ސެންޓަރ

2023 ވަނަ އަހަރު 1،661 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާއިރު 20 މިލިއަން ރުފިޔާ އެކައުންޓްތަކުން ގެއްލިފައިވާ ކަމަށް ވިދާޅުވި

މިއަހަރުގެ މިހާތަނަށް ސްކޭމްގެ 156 މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް ރަޝީދާ ވިދާޅުވެއްޖެއެވެ.

އެންޓި-ސްކޭމް ސެންޓަރުގެ ހެޑް މިހެން ވިދާޅުވީ ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10ވަނަ ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް ޢަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މަރްޔަމް ރަޝީދާ ވިދާޅުވީ 2023 ވަނަ އަހަރު 1،661 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާއިރު 20 މިލިއަން ރުފިޔާ އެކައުންޓްތަކުން ގެއްލިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ހަމައަށް 1302 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ތޭރަ މިލިއަން ނުވަ ލައްކަ ނުވަދިހަ ނުވަ ހާސް ރުފިޔާ ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާކެޓް ޕްލޭސްގައި ތަފާތުއެކި ވިޔަފާރިތަކުގައި ސްކޭމް ކުރުން ގިނަކަން ފާހަގަކުރައްވާ އޭނާ ވަނީ ސްކޭމްގެ މައްސަލަތަކުގައި މިއަހަރު އެޅި ފިޔަވަޅުތައް މި ކޮމެޓީގައި ހިއްސާކުރައްވާފައެވެ.

އެގޮތުން 297 ސިމްކާޑް ބްލޮކްކޮށްފަވާއިރު 780 ދެ ޑިވައިސް ނެޓްވޯކުން ބްލޮކްކޮށްފައިވެއެވެ. އަދި 70 ވެބްލިންކް ބްލޮކްކޮށް 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކްކުރިކަން މަރްޔަމް ރަޝީދާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މިހާތަނަށްވެސް ސްކޭމްގެ 156 މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ ކަމަށާއި އަދި ގިނަ މައްސަލަތަކުގެ ޝަރީއަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.