ރައީސުލްޖުމްހޫރިއްޔާ
ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވާފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލްފާޟިލާ ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
އުމުރުން 73 އަހަރުގައި ހުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ.
ކޮމެންޓް