ފަލަސްތީނު ސަރުކާރުގެ ޝުކުރު ދިވެހިންނަށް
އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓަށް ފަލަސްތީނު ސަރުކާރުން ޝުކުރު އަދާކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ އަނިޔާވެރި ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިސްރާއީލުން ބޯލަނބަން ޖެހޭ ކަމަށް ވިދާޅުވެ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓަށް ފަލަސްތީނު ސަރުކާރުން ޝުކުރު އަދާކޮށްފި އެވެ.
ފަލަސްތީން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރައީސް މުއިއްޒުގެ ޕޯސްޓް ރީޕޯސްޓްކޮށް ބުނެފައިވަނީ ރާއްޖެއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށެވެ.
މި ޕޯސްޓު ނިންމާލަމުން ފަލަސްތީނާއި ރާއްޖޭގެ ދިދަ ވެސް ޖަހައިފައިވެ އެވެ.
ފަލަސްތީން ސަރުކާރުގެ މި ޕޯސްޓަށް ވަރަށް ގިނަ ދިވެހިން ވަނީ ޖަވާބުވެސް ދީފަ އެވެ. އެގޮތުން ހުރިހާ ދިވެހިންވެސް ވަނީ ފަލަސްތީނާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކޮމެންޓް