އާދަމް އިރުޝާން
އަސްލު ނަން އޮޅުވާލައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. ކެލާ، އާދަމް އިރުޝާން އެވެ. މަކަރާއި ހީލަތުން އޭނާ ފައިސާ އަތުލި މައްސަލައެއް އެ އަތޮޅު ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ އެ މީހާގެ ފަރާތުން އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 4005022 ނުވަތަ 9791462 އަށް ގުޅައި އެކަން ހިއްސާކުރެވޭނެ ކަމަށެވެ.
މީހުން ހޯދުމާއި އެފަދަ ކަންކަމުގައި މައުލޫމާތު ހިއްސާކުރުމުގައި ފުލުހުންނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކޮމެންޓް