ރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ތ. ތިމަރަފުށީގެ 33 ގެއަކަށް ފެން ވަދެއް ގެއްލުން ވެއްޖެ

ރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ތ. ތިމަރަފުށީގެ 33 ގެއަކަށް ފެން ވަދެއް ގެއްލުން ވެ

ރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ތ. ތިމަރަފުށީގެ 33 ގެއަކަށް ފެން ވަދެއް ގެއްލުން ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ، ތ. ތިމަރަފުއްޓަށް ރޭ ކުރި ވިއްސާރައިގެ ސަަބަބުން އެ ރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި ކަމަށެވެ. އެ ރަށުގެ 33 ގެއަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާއިރު، އެ ރަށުގައި ބޮޑުވި ފެންގަނޑު މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހިންދާފައި ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ތިމަރަފުށީގެ ގެތަކަށް ގެއްލުން ވެފައިވާ އިރު، ރޭ ކުރި ވިއްސާރައިގައި، ވިއްސާރަ އަދި ގަދަ ވައިގެ ސަބަބުން ހއ. ދިއްދޫގެ 10 ގެއެއްގެ ފުރާޅަށް ވަނީ ގެއްލުން ލިބިފައި ކަމަށެވެ. އޭގެ ތެރެއިން 6 ގެއެއްގެ ފުރާޅު ވަނީ އެއްކޮށް އެއްލާލާފައި ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

ގެއްލުން ލިބުނު ގޭތަކުގެ މީހުން ވަނީ ގާތްތިމާގެ މީހުންގެ ގޭތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް ވެސް އެ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.