ޗައިނާ ސަރުކާރުގެ އެހީގެ ދަށުން، ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރު

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން، ކ. ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ އިސްނެގުމާއެކު ހަދިޔާކުރި މަގު ބައްތިތައް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަކްސް އާދަމް ޝަރީފު އުމަރެވެ.

މިނިސްޓަރު އާދަމް ޝަރީފު ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި އެ މަގު ބައްތިތަކަކީ، ޗައިނާ ސަފީރު ގުރައިދޫއަށް ކުރި ޒިޔާރަތެއްގެ ތެރެއިން ހަމަޖެހިގެން ދިޔަ މަގުބައްތިތަކެއް ކަމަށެވެ. ބައްތިތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޒިން ވިދާޅުވީ ރާއްޖެއާއީ، ޗައިނާއާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށް ވާން ލިޒިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.