ކުރީގެ އިންތިޚާބެއްގެ ތެރެއިން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަޠިމް އިބްރާހީމް ވަނީ ހުށައަޅުއްވާފަ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަން ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ، އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއުއެވެ. ހަމައެއާއެކު މި އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަޠިމް އިބްރާހީމް ވަނީ ހުށައަޅުއްވާފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. މި ހުށައެޅުނު އިސްލާހާއެކު އަންނާނެ ބަދަލަކީ، ކައުންސިލްގެ މެންބަރުންގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމެވެ.
އެއްވެސް ސަބަބަކާ ހުރެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ރަށު ކައުންސިލްގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންޖެހެއެވެ. އެހެން އޮތްނަމަވެސް އެ ތިން މަގާމު ހުސްވާއިރު، އެ ތިން ކައުންސިލްގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެފައިވާނަމަ، އެ ތިން ކައުންސިލުގެ ނައިބުރައީސްގެ މަގާމު ހުސްވާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އިންތިޚާބުކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ގާތްގާތުގައި އިންތިޚާބުތައް ބާއްވާތީ އެއީ ޚަރަދު ވެސް ބޮޑުވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް