މިނިސްޓަރ މާރިޔާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު
މި އެއްބަސްވުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުން
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އިން ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި މެލޭޝިޔާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ޤައުމުގެ އެކި ކަންކޮޅުތަކަށް ފުޅާދާއިރާއެއްގައި މަތީ ތަޢުލީމު ފޯރުކޮއްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގައި ބަޔާންކޮއްފައިވާ މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮއްދިނުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.
މި ރަސްމިއްޔާތުގައި މި މިނިސްޓްރީގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް