އެއްވެސް ރައްކާތެރިކަމެއް ނެތުމުން ނަރުދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް
ށ. ނަރުދޫގައި ހަދަން ފެށި އާ ބަނދަރުގެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސްފައިވުމާ އަދި އެ މަސައްކަތުގެ ތެރެއިން ބޭރު ތޮށި ލާފައި ނެތުމުން ހުރަހެއް ނެތި ރާޅުއަރައި، ރަށު ތެރޭގައި ފެންބޮޑުވެއްޖެ އެވެ.
އެ ރަށުގައި މީގެކުރިން ބޭނުން ކުރަމުން ދިޔަ ބަނދަރުގެ ނެރަށް ގެއްލުންވެ ބޭނުން ނުކުރެވޭވަރު ވަނީ ވެފަ އެވެ.
ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު މީޑިއާތަކަށް ވިދާޅުވީ ބޭނުން ކުރަމުން އައި ބަނދަރު އިންނަނީ ރަށުގެ އުތުރު ފަރާތުގަ އެވެ. އެއީ އިރުވައި މޫސުމުގައި އެންމެ ގޯސްވާ ހިސާބު ކަމަށެވެ. ބަނދަރުގެ ނެރު އިންނަނީ ކަނޑަވަޅި އާ ދިމާލަށް ކަމަށާއި ފައި ކަށީގެ ހިލަތައް އެއްކޮށްފައިބާވާ ކަމަށެވެ. އެހެންވުމުން ބާނިތައް ބޮޑުވެ، ރާޅުތައް އެއްވެެސް ހުރަހެއް އަރައިގެން އަންނަ ކަމަށެވެ.
ރަށަށް އުދައަރާފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. ދިޔަ ބޮޑުވެ، އުދައިގެ އަސަރު ބޮޑަށް ކުރަން ފެށީ ރޭ މެންދަމު 2:26 ހާއިރު ކަމަށެވެ. އޭގެކުރިން ވެސް ރާޅުއަރަމުން އައި ކަމަށެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ އުދައިގެ ސަބަބުން 12 ގެއެއްގެ އިންފާރު ތެރެއަށް ލޮނުވަދެފައިވާ ކަމަށެވެ. ލޮނުގެ އަސަރުކޮށް ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށާއި ގޯތިތެރޭގައި ހައްދާފައިވާ ގަސްގަހާގެއްސަށް ގެއްލުން ލިބިފައިވާ ކަަމަށެވެ.
އެމްއެންޑީއެފުން އެ ރަށަށް ގޮސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަަމަށެވެ. ޕަންޕު ބޭނުންކޮއްގެން ފެންހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ބޮޑުވެފައިވާ ފެންގަނޑު އަދި ނުހިދޭކަން ފާހަގަކުރެއްވި އެވެ.
ކޮމެންޓް