ޕޮލިސް ޕޯސްޓް ޤާއިމްކުރުމަށް އެއްބަސްވުމުގައި ކޮމިޝަނަރ އަދި އެމްޑީ ސޮއިކުރަނި
ރ. މާކުރަތު އަދި ރ. އިންނަމާދޫގައި ޕޮލިސް ޕޯސްޓް ޤާއިމްކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މި ދެ ރަށުގައި ޕޮލިސް ޕޯސްޓް ޤާއިމްކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމެކެވެ. އަދި މި ޕޯސްޓްތަކުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.
އެމްޓީސީސީން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓް