ބުޅަލެއް
ފަރުކޮޅު ފުށީގައި ބުޅަލަށް ހާއްސަ ޝެލްޓާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން އަދި އެ މަސައްކަތުގެ %70 ވަނީ ނިމިފަ
މާލޭގައި ބުޅާތަށް ރަޖިސްޓްރީ ކުރުމާއި ފުލް ޓްރީޓްމަންޓް ދޭން ފަށައިފިއެވެ.
މިއީ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިއްޔެ ފެށުނު މި ހަރަކާތް ފައްޓާފައި ވަނީ މޭރީ ބްރައުން ކުރިމަތީގައި އޮންނަ ސަރަޙައްދުގައެވެ. މި ހަރަކާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދީ އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
"މިވަގުތު ބައުންޑްރީ ވޯލްގެ ތެރޭގައި ޝެލްޓާ އެޅުމަށް ނިންމާފައިވާ ތަން ނޫން އެހެން ތަނެއްގައި އަޅުގަނޑުމެން ހިޔާކޮށްގެން ޕާޓިޝަންތަކެއް ޖަހައިގެން މަގުމަތީގައި މިއުޅޭ ބުޅާތައް ބެޗް ބެޗަށް ގެންދިޔުމުގެ މަސައްކަތް މިކުރަނީ." ރަމީލާ ވިދާޅުވިއެވެ.
ފަރުކޮޅު ފުށީގައި ބުޅަލަށް ހާއްސަ ޝެލްޓާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން އަދި އެ މަސައްކަތުގެ %70 ވަނީ ނިމިފައެވެ.
އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. އަދި މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އެ ތަނަށް ބަދަލުކޮށް، ފަރުވާ ދެވޭނެ އިންތިޒާމު ވެސް ހުންނާނެއެވެ.
ކޮމެންޓް