އެއާޕޯޓު ހުޅުވައިދެއްވުމަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މ. މުލީގައި / ފޮޓޯ: ރައީސް އޮފީސް
ރައީސް އެއާޕޯޓު ހުޅުވައިދެއްވީ މ. އަތޮޅުގެ ވެސް ވެރިރަށް މުލީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.
މުލި އެއާޕޯޓް ތަރައްގީކުރުމަށްޓަކައި އެ ރަށުގެ ބިން 2014 ވަނަ އަހަރު ހިއްކައި، އެއާޕޯޓުގެ އަމަލީ މަސައްކަތްކުރުމަށް 2021 ވަނަ އަހަރު އެމްޓީސީސީ އާ ހަވާލުކޮށްފައިވެއެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހުރެ އެއާޕޯޓުގެ މަސައްކަތް ލަސްވީއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުން ހިންގާ މި އެއާޕޯޓަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި އާންމު ދަތުރުފަތުރަށް ހުޅުވާލީ މި މަހުގެ ހަވަނަ ދުވަހުގައެވެ.
މިއީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި ހަމައެކަނި އެތެރޭގެ ދަތުރުތައް ކުރާ 14 ވަނަ އެއާޕޯޓެވެ.
މުލި އެއާޕޯޓުގެ ބައެއް މައުލޫމާތު:
އެއްފަހަރާ 150 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއް
1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް
މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށް
މުޅި މަޝްރޫއަށް ފަހުން ހޭދަވީ 225 މިލިއަން ރުފިޔާ
ޓިކެޓެއްގެ އަގަކީ 1،377 ރުފިޔާ، ޕްރޮމޯޝަނަލް ފެއާގަ 999 ރުފިޔާ
ކޮމެންޓް