މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް
ނ. އަތޮޅުގައި މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ވަނީ ބާއްވައިފައެވެ.
ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް (ޕީއެފްއައި) އާއި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ނ. މަނަދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުގައި ނ. އަތޮޅުގެ 10 ރަށަކުން ޖުމުލަ 70 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ މުވައްޒަފުންނަށް މާލިއްޔަތު ގަވާއިދާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު އިންތިޒާމުކުރުމުގައި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ދެއްވި އެއްބާރުލުން ފާހަގަކޮށް، ޕީއެފްއައި އިން ވަނީ އެ އިދާރާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މިފަދަ ޕްރޮގްރާމުތަކަކީ ދައުލަތުގެ މުވައްޒަފުން މާލީ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހަރުދަނާކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮގްރާމުތަކެއް ކަމުގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގއިން ފާހަގަކުރެއެވެ.
ކޮމެންޓް