ބާސެލޯނާގެ 10 ނަންބަރު ޔަމާލްއަށް

ބާސެލޯނާގެ ލަމީން ޔަމާލް

ސްޕެއިންގެ ބާސެލޯނާގެ ލަމީން ޔަމާލްއަށް 18 އަހަރު ފުރުމާއެކު އޭނާގެ އެއްބަސްވުން އައުކޮށް، އެ ޓީމުގެ 10 ނަންބަރު ޖާޒީ ދީފިއެވެ.

މިދިޔަ އާދީއްތަ ދުވަހު 18 އަހަރު ފުރުނު ޔަމާލް އަށް އޭގެ ތިން ދުވަސް ފަހުން ބާސެލޯނާގެ 10 ނަމްބަރު ޖާޒީ އެ ކްލަބުން ދީފައިވާއިރު މިއީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމް އަށް ފަހަރު ހޯދާފައިވާ ލިއޮނެލް މެސީ އެ ކްލަބުގައި ބޭނުންކުރި ޖާޒީ ނަމްބަރެވެ.

2031 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާ އާއިއެކު ޔަމާލް ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 15 މިލިއަން ޔޫރޯ އޭނާއަށް ލިބިގެންދާނެ އެވެ.

މިދިޔަ ސީޒަނުގައި އުމުރުން 17 އަހަރުގައި ބާސެލޯނާގައި ދެއްކި މޮޅު ކުޅުމާއިއެކު މުޅި ދުނިޔޭޣެ ސަމާލުކަން ހޯދާފައިވާ ލަމީން ޔަމާލް ވަނީ އޭނާއަށް 18 އަހަރު ފުރުނުއިރު ބާސެލޯނާއަށް ޖުމްލަ 106 މެޗު ކުޅެދީފަ އެވެ. މިއީ މި އުމުގައި ޔޫރަޕްގެ މަތީ ފަންތީގައި ކުޅުންތެރިއަކު މެޗުތައް ކުޅެފައިވާ އަދަދެއް ނޫނެވެ.

ލަމީން ޔަމާލް ވަނީ އޭނާއަށް 18 އަހަރު ފުރުނުއިރު ލަލީގާގެ ޗެމްޕިއަންކަމާއި ކޮޕާ ޑެލްރޭގެ އިތުރުން ޔޫއެފާ ސްޕެއިން އާއިއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ބާސެލޯނާގެ 10 ނަމްބަރު ޖާޒީ ލަމީން ޔަމާލް އަށް އެ ކްލަބުން ދީފައިވާއިރު މިއީ އެ ކްލަބުގެ ތާރީޚުގައިވެސް އެ ކްލަބަށް ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިން ބޭނުންކޮށްފައިވާ ޖާޒީ ނަމްބަރެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ, ޑިއެގޯ މެރެޑޯނާ, ރޮނާލްޑިނިއޯ, ރިވާލްޑޯ, ރޮމާރިއޯ, ރިކެލްމޭ އާއި ޕެޕް ގަޑިއޯލާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ލަމީން ޔަމާލް ގެ މައިންބަފައިންނަށް ގޭގެ ކުލި ނުދެއްކި ތިބި ވަގުތުގައި އެ މީހުންނަށް އެހީތެރިވި ލަމީން އާއި ޔަމާލްގެ ނަން ދީފައިވާ ލަމީން ޔަމާލް އާއިއެކު ބާސެލޯނާ އިން ހަދާފައިވާ އެއްބަސްވުމުގައި ވާ ގޮތުން އެ އެއްބަސްވުމުގެ މުއްދަތުގައި އޭނާ އެހެން ކްލަބަކުން ގަންނަން ބޭނުންވެއްޖެނަމަ ބާސެލޯނާއަށް 1 ބިލިއަން ޔޫރޯގެ ފީއެއް ދައްކަން ޖެހޭނެ އެވެ. މިއީ ކުޅުންތެރިއެއްގެ ޓްރާންސްފާ ފީގެ ގޮތުގައި ކްލަބަކުން ނެގޭނެ އެންމެ މަތީ އަދަދެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.