އެމްއެމްޕީއާރްސީގެ ބޯޑަށް 2 ބޭފުޅަކު އައްޔަނުކޮށްފި

އެމްއެމްޕީއާރްސީ އަށް އައްޔަނުކުރެއްވި އައިޝަތު ހަމީދާއި އަބްދުލް ސަމީއު އިމާދު

އައްޔަނުކުރީ އައިޝަތު ހަމީދާއި އަބްދުލް ސަމީއު އިމާދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

އެ ބޯޑަށް އައްޔަނުކުރައްވާފައި ވަނީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. އެއީ އައިޝަތު ހަމީދާއި އަބްދުލް ސަމީއު އިމާދުއެވެ.

އެމްއެމްޕީއާރުސީ ފަހަކަށް އައިސް އޮތީ ބޮޑެތި މައްސަަލަތަކެއްގެ ތެރޭގައެވެ. އެގޮތުން މެއި މަހު ވަނީ އެ ކޯޕަރޭޝަންގެ މަގާމުތަކުގައި ތިއްބެވި ވެރިން ވަނީ އިސްތިއުފާ ދީފަ ނޫނީ ވަކިކޮށްފައެވެ. އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނުރައިން ޖަނާހު ވަނީ ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރު ރާފިލް ވެސް އިސްތިއުފާ ދެއްވިއެވެ.

ހަމަ މިދިޔަ މޭ މަހު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ޝިއުރީ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.