ވައްކަމާއި ކޮރަޕްޝަންއާއި ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގެ ގަޓު ރައީސް ޑޜ.މުޙައްމަދު މުޢިއްޒު ކިބައިގައި ހުންނަވާނެ : އަފޫ

އަފޫ ހަމީދު

އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީ އިން ދޫކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާ އިރެއްގައި ޖަމީލު ކުރެއްވި ޕޯސްޓަކަށް އަފޫގެ ވަރުގަދަ ރަށްދެއް ދެއްވައިފިއެވެ.

ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓްއަކަށް ރަށްދުދެއްވަމުން ނ.ކެނދިކުޅުދޫ ދައިރާގެ މެންބަރު އަފޫ ހަމީދު ވިދާޅުވީ ‘’ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ⁦‪ޖަމީލު ކުފޫހަމައެއްނުވޭ، ރ.ޔާމީން ވައްކަންކުރާވަރުން ސަލާމަތްނުވެގެން އިގިރޭސިވިލާތުގައި ހުރެ މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝްން ހަދައިގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި ވަގު ޓެގު އަޅުވާ ވެރިކަން ވައްޓާލުމަށް ފަހު، ހެޔޮވަރަކަށް ވައްކަންކޮށްލާނެ މަޤާމެއް ރ.ސޯލިހު ސަރުކާރުން ނުލިބުމުން، ދެބަފައިންނަށް އެއިރު ވަގަކަށްވި ރ.ޔާމީން ސޯލިހަކަށްވެ ދިފާއީ ވަކީލެއްގޮތުގައި ހުރެ ދެން ބެލީ ރ.ޔާމީން ވިއްކައިގެން ތިމާއަށް ވެރިކަން ލިބޭތޯ. ހީލަތުން ކޮށި ދަނޑާ، ކަތިވަޅިއާއި މަރިޔަބު ގެއްލި މިހާރު ތިހުންނެވީ ހެޔޮ އެއްގޮތެއްނުވާ ހިސާބުގައި’’ އެވެ .

IMG_3012.jpeg

އަފޫ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންއާއި ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގެ ގަޓު ރައީސުލްޖުމްހޫރިއްޔާ ޑޜ.މުޙައްމަދު މުޢިއްޒު ކިބައިގައި ހުންނަވާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.