ޔުމްނުގެ ފަރުވާއަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ޓިކްޓޮކުން ހަމަކޮށްފި

ޓިކްޓޮކް

ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ފަރުވާއަށް ބޭނުންވާ ފައިސާ ޓިކްޓޮކް ލައިވް މެދުވެރިކޮށް ހޯދައިފިއެވެ.

އިތުރު ފަރުވާއަށް ޔުމްނު މިރޭގެ ވަގުތެއްގަައި މެލޭޝިއާ އަށް ފުރާނެއެވެ.

ޓިކްޓޮކް ލައިވް ނިމެންދެން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހަމަކޮށްފައެވެ. އެގޮތުން ރުފިޔާގެ ގޮތުގައި 657،824ރ އާއި 10،480 އެމެރިކާ ޑޮލަރު ހަމަކޮށްފައި ވެއެވެ.

ޔުމްނުގެ ފަރުވާ އަށް ފައިސާ ހޯދުމަށް ފަންޑްރެއިޒިން ހަރަކާތަކަށް ދާން މަޖުބޫރުވީ ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް އޭނާ ގެންދިއުމަށް ހަމަޖައްސައިދިނުމަށް ފަހު އެކަމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ނުދިނުމުންނެވެ. އެކަން ޔުމްނުގެ އާއިލާއިން ބައެއް މީޑިއާތަކާ ހަވާލާދީ ބުނެފައިވެއެވެ.

ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގެ ލިޔުމުގައިވާ ގޮތުން، ޔުމްނުގެ ބުރަކަށްޓާއި ފައިގެ ކަށިތަކާއި މޭ ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ.

ޔުމްނުގެ މުޅި ފަރުވާއަށް 250،000ރ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް، މެލޭޝިއާގެ ހޮސްޕިޓަލްގެ ލިޔުމުގައި ވެއެވެ.

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާ އަށް މެލޭޝިއާ އަށް މިރޭ ފުރުވާލަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހުގައެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ގިނަ ޒުވާނުން ދަނީ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ވަކި ގޮތަކަށް ފުލުހުން އަމަލުކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ހާދިސާގެ ބައިވަރު ކަންކަން ފޮރުވަން ފުލުހުން މަސައްކަތްކުރާ ކަމަ

ށް ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.