ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން
"ނޯތު 07" ސަފާރީން މޫދަށް ވެއްޓިގެން ހޯދަމުން ދިޔަ ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ހެނދުނު ފުލުހުން ބުނީ އދ. ރިސޯޓެއް ކައިރީ އޮތް ސަފާރީއެއްގައި އުޅުނު ދިވެއްސެއް ގެއްލިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ ސީވީޑް، ނ. ހޮޅުދޫ، އަލީ އަރުޝަދު (35އ) އެވެ.
ފުލުހުން ބުނިގޮތުގައި ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީ އޭނާ ހުއްޓައި ވެއްޓި، ސަފާރީގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ މަންޒަރު އެ އުޅަނދުގެ ސީސީޓީވީ ފުޓޭޖުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ގެއްލުނު އެ މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.
ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، 15:35 ހާއިރު ވަނީ ލޯންޗަށް ނަގާފައި،" އެމްއެންޑީއެފުން ބުންޏެވެ.
ކޮމެންޓް