ފްރާންސްގެ ޕެރިހުގައި ފެށި އޮލިމްޕިކްސްގައި މޮރޮކޯއިން ވަރުގަދަ އާޖެންޓީނާ ބަލިކޮށްފި

އަރޖެންޓީނާ

މޮރޮކޯ އިން މެޗު ކާމިޔާބުކުރިއަސް މެޗުގެ ނަތީޖާއަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ދެ ގަޑިއެއްހާ އިރަށް މެޗު މެދުކަނޑާލުމުންނެވެ.

ސަޕޯޓަރުންގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވި މެދު ކަނޑާލީ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގެވެ. މެޗު މެދުކަނޑާލީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 15 މިނިޓްގެ ތެރެއިން ފަހު ވަގުތުކޮޅު އާޖެންޓީނާއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމުން ހިތްހަމަ ނުޖެހި, މޮރޮކޯ ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. ނަތީޖާ ހަނމަހަމަ ކުރަން އާޖެންޓީނާއިން ޖެހި ލަނޑު ވީއޭއާރުން ބެލިއިރު އޮފްސައިޑް ވުމުން ލަނޑު ކެންސަލް ކުރިއެވެ. އަދި އަލުން މެޗު ފެށި ސަޕޯޓަރުން ބޭރުކުރުމަށްފަހު އެވެ. މެޗު ނިންމާލީ ސަޕޯޓަރުން ނުވައްދައެވެ. ދެ ގަޑިއިރަށްފަހު ސަޕޯޓަރުން ނުވައްދާ ކުޅުނީ އެންމެ 3 މިނިޓެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީވެސް މޮރޮކޯ އިންނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ ސޫފިއަން ރަހީމީ އެވެ. އާޖެންޓީނާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ބަދަލަކަށް ނިކުމެ ޖިއުލިއާނޯ ސިމިއޯނީ އެވެ. ރެފްރީ ކެންސަލް ކުރި އިތުރު ވަގުތުގެ 15 ވަނަ މިނިޓްގައި މެޑީނާ ޖެހި ލަނޑެވެ. މެޗަށްފަހު އާޖެންޓީނާގެ ކޯޗު މަޝެރާނޯ ބުނީ މިފަދަ މެޗެއް އަދި ނުދެކޭ ކަމަށެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޔުކްރެއިން އާއި އިރާގެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.