ވަޒީރު ރާފިޢު
ކުޅިވަރުގެ ތެރެއިން އެއްބައިވެންތަ އެންމެން ގުޅިގެން އުޅޭ މުޖުތަމަޢުއެއް ބިނާކުުރުމާ ގުޅޭގޮތުން
11 ވަނަ ކޮމަންވެލްތު ކުޅިވަރު މިނިސްޓަރުންގެ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ މެންބަރު 56 ގައުމަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅިވަރުގެ ތެރެއިން އެއްބައިވެންތަ އެންމެން ގުޅިގެން އުޅޭ މުޖުތަމަޢުއެއް ބިނާކުުރުމާ ގުޅޭގޮތުންނެވެ.
ދެ ދުވަހަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރުގެ ސަބަބުން މުޖުތަމައުއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ގައުމުތަކުގެ މިވަގުތު ހާލަތުވެސް ވަނީ ހިއްސާކޮށްފައެވެ.
ކޮމެންޓް