އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް 2025 ގެ ޖެނުއަރީގައި ނިމެނޭ: ވަޒީރު ސަޢީދު

ވަޒީރު ސައީދު

އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުން މިހާރަށްވުރެ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެގެން ދާނެ ކަމަށް

އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުގެ މަސައްކަތް 2025 ޖެނުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅިއެކު އަށް އެއާޕޯޓު އެއްކޮށްލެވިގެން ދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ވަޒީރު މިއަދު ވިދާޅުވީ އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލުމުން މިހާރަށްވުރެ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާވެގެން ދާނެ ކަމަށެވެ. ކުންފުނިތައް އެއްކޮށްލުމުން މުވައްޒަފުންނަށް ނުރަނގަޅު ކަމެއް މެދުވެރި ނުވާނެ ކަމަށާއި މުވައްޒަފުންނަށް އިތުރުގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަޢީދުވަނީ ކުންފުނިތައް އެއްކޮށްލުމުން އިދާރީ ގޮތުންނާއި ޓެކްނިކަލް ގޮތުންވެސް ޚަރަދު ކުޑަވާނެ ކަމަށެވެ. ހަމައެއާއެކު އޮފީސް ހިންގުމުގެ ޚަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

"31 ޖެނުއަރީއަށް ދާއިރުގައި މި މަސައްކަތް ނިންމާލެވިފައި އޮންނާނީ، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުން ދެ ކުންފުނިން ނިންމަން ޖެހޭ ނިންމުންތަކާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި، މިކަމުގެ ސަބަބުން ވަރަށް ބޮޑު ސޭވިންގއެއް އަންނާނެ، ވަރަށް ބޮޑު އެލައިންމެންޓެއް، ދެ ކުންފުނީގެ މާޖާގެ ވަރަށް ބޮޑެތި ކުރިއެރުންތަކެއްވެސް އަންނާނެކަން އަޅުގަނޑު ފާހަގަކޮށްލަން" ވަޒީރު ސަޢީދު ވިދާޅުވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.