މަޖިލިސް ރައީސް އަބްދުއްރަޙީމް
ޕީއެންސީން ވަނީ 6 ގޮނޑިގެ ތެރެއިން 5 ގޮނޑި ކާމިޔާބުކޮށްފަ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަނުގައި އިންތިހާބު ކުރި 6 ގޮނޑީގެ ތެރެއިން 5 ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބު ކުރުމާއި ގުޅިގެން އަބްދުއްރަހީމް އެކްސްގައި ވިދާޅުވީ، މިއަދު ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ހަމްދު ކުރާކަމަށާއި އަދި ރައީސް މުޢިއްޒަށް މަރުހާބާ ދަންނަވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުންދާ ކަމުގެ ސާފު ހެކި މިއަދުގެ ވޯޓުން ވެސް ދައްކުވައިދީފައިވާ ކަމަށެވެ.
އިއްޔެ އޮތް ބައިއިލެކްޝަންގައި ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ގޮނޑީގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
ޕީއެންސީއަށް ކާމިޔާބު ނުކުރެވުނީ ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.
ކޮމެންޓް