ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި

ހައްޔަރުކުރި ފަރާތް

ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފޭރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާއަކީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީ އެވެ.

ފޭރުމުގެ މައްސަލައެއްގައި މި ފަހަރު އޭނާ ހައްޔަރު ކުރި ނަމަވެސް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލާފައިވަނީ ޝަރުތެއްވެސް ނެތި އެވެ. އޭނާ ދޫކޮށްލީ ތުހުމަތާ ގުޅޭ ހެއްކެއް ނެތް ކަމަށް ބުނެ އެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި ސަފްވާން އަލީ ވަނީ މީގެ ކުރިން އެކި މައްސަލަތަކުގައި 122 އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފަ އެވެ. ޓްރިމަރަކާއި، ފަސް ފޮށި ގަލަން ވަގަށް ނަގައިގެން އޭނާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. ރަސްފަންނު ބީޗުން ދަބަހެއް ވަގަށް ނަގައިގެން މިދިޔަ އަހަރު ފަހުކޮޅުވެސް އޭނާ ހައްޔަރުކުރި އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.